ނިޢުމަތްތަކުގެ ރަމަޟާންމަހަށް މަރްޙަބާ


ލިޔުން ތާރީހް: 3 މެއި 2021

ރޯދައިގެ  މާތް އައި  މައްސަރަށް   ކިޔަމާ ހިތުން މަރްޙަބާ

ރޯދައިގެ  ހެއުވީ   ދަރުމައަށް   އެދިގެން   ކިޔާ މަރްޙަބާ

އެ މަހެއްތެރޭ   ހާހުންގުނަވި   ނިޢުމަތުގެރޭ   ލައްވަވައި

އެ މަހުގެ  ޤަދަރާ   ޢިއްޒަތާ    ލެއްވެވިއަތީ   މަރްޙަބާ

ޢިލްމީ މި ދީން ފުރިހަމަވެގެން  އައިހިނދު ވަޙީ  ލިޔެވިގެން

ޢިލްމަށް އެތައް ފަންނެއް  ގެނުވި އެ ފޮތުގެ މަހަށް  މަރްޙަބާ

ބެހުމާ ދިނުން  އިސްކޮށްލެވޭ   އެކުވެރިކަމަށް  ބަސް ކިޔައި

ވެހުމެއްކަމަށް  ނިޢުމަތް   “އޮހޭ”  ފާގަތިމަހަށް   މަރްޙަބާ

އަޚްވަންތަކަން    ދިރުވައިދެމުން    އާރޫޙުގައި   ގޭތެރޭ

އުޚުތުން ތެރޭ    ހިނިތުން ގުޅުން   ގެނުވާމަހަށް  މަރްޙަބާ

 ގިނަގުނަ ދުއާކޮށް  ކިޔެވުމަށް   ފުރުސަތު  ލިބޭ ރަކުޢަތުން

ގިނަކޮށް  ޖަމާޢަތް    ވީ ތަރާވީޙުގެ    މަހަށް   މަރްޙަބާ

މިވަރުގެ މަހެއް މިގޮތުގެ މަތީން މުސްލިމްތަކުންނަށް ލެއްވެވުން

އެވަރުގެ  ޢަމަލު  ކޮށް ދައްކަމުން  ކިޔަމާ   މަމެން މަރްޙަބާ

           **********************


މުދައްރިސް
(c) 2021