ަރަކާތުގެ ނަން: މިފެންނަނީ ހެޔޮކޮށްތަ؟
ޙަރަކާތް ގެންދާނީ: ކުލާސްތެރޭގައިވެސް ބޭރުގައިވެސް ގެންދެވޭނެ
މަސައްކަތް ކުރާނީ: އެންމެ ކަމުދާނީ 4 ވަރަކަށް ކުދިންގެ ގުރޫޕުގައި ގެންދިޔައުން
ފެންވަރު: ކޮންމެ ގްރޭޑަކަށްވެސް ގެންދެވިދާނެ.
ބޭނުންވާނެ ތަކެތި: ލޮލަށް ފެންނަ ގޮތް ބަލައިގަނެ ޤަބޫލުކުރަންދަތި ފޮޓޯއެއް.
ބަހުގެ ހުނަރު: މަޝްވާރާ، ފެނުމުގެ ދޭހަ، ހާމަކުރުން، އޮޅުންފިލުވައިދިނުމުގެ ބަސްކޮށާރާއި ޢިބާރާތް
ގެންދާނޭގޮތުގެ މިސާލެއް: މިއަށްފަހު މިއޮތްފަދަ ފޮޓޯއެއް ހޯދާށެވެ. އަދި ކުލާހުގައި މި މަސައްކަތް ގެންދިއުމަށްޓަކައި ގުރޫޕުބަހައި ގުރޫޕުހަދާށެވެ. އެންމެ ހެޔޮވާނީ 4-6 ކުދިންގެ ގުރޫޕެވެ. މި ގުރޫޕު ހެދުމަށްފަހު މި މަންޒަރުގެ އަސްލާމެދު މަޝްވާރާކުރާނީއެވެ. އަދި މިފަދަ ޢިމާރާތެއް އެޅިދާނެތޯ ނުވަތަ ނޫންތޯ ނިންމައި ސަބަބާއެކު ދެކޭގޮތް ހާމަކޮށް ލިޔާށެވެ. ނުވަތަ މި ގޮތަށް ޢިމާރާތް ކުރެވިއްޖެނަމަ ލިބޭނޭ ފައިދާއާއި ބޭނުންތެރިކަމަށް ބަހުސެއް ލިޔާނީއެވެ. ދެން ގުރޫޕުތަކުގެ ލިޔުން ކުލާހުގައި އާންމުކުރާނީއެވެ. (ނިމުނީ)