މަދުރަސާ ތަޅުމުގައި ދަރިވަރުންނާ ސުވާލުކުރުމުގެ މުހިންމުކަން


ލިޔުން ތާރީހް: 3 މެއި 2021

މުދައްރިސްކަމުގެ ހުނަރަކީ ހާދަ މުހިންމު ބޭނުންތެރި ކަމެކެވެ. އެހެނީ އިންސާނީ ވެށީގައި ކޮންމެ މީހަކުމެ އަދާކުރަނީ އެދުރުވެރިކަމެވެ. ތިމާގެ ބާރުގެދަށަށް ކުއްޖަކު ގެންނަން އުޅޭމީހާވެސް އެ ކުއްޖަކަށް އޭނާގެ ފިކުރު ދަސްކޮށްދެނީއެވެ. މައިންބަފައިން އެމީހުންގެ އުޅުން ދަރިންނަށް އަންގައިދެނީއެވެ. މަދުރަސާތަކުން ޤައުމުގެ ވިންދާ އެއްގޮތް ތަރުބިއްޔަތު ދެނީއެވެ. ވީމާ މިއިން ކޮންމެ ހިޔަލެއްގެ އިންސާނުންނަށްވެސް އެދުރުވި ހުނަރު އެނގެންޖެހެއެވެ.

އެދުވެރި ހުނަރުގެ އެންމެ ބާރުގަދަ އެއް ހުނަރަކީ ސުވާލުކުރުމުގެ ހުނަރެވެ. “ކުއެސްޗިއަނިން ޓެކްނިކް އެންޑް ޓީޗާސް ރޯލް އިން ދަ ކްލާސްރޫމް” މި ސުރުޚިއަށް ގަނޭސަން ޝަންމުގަވެލު 2020 ވަނައަހަރު ލިޔެފައިވާ ދިރާސާ ލިޔުމެއްގައި ހާމަކުރާގޮތުގައި ފުރިހަމަ ކިޔަވައިދިނުމެއް ކާމިޔާބުވާނީ ކުލާހުގައި މުދައްރިސްގެ ސުވާލު އުފެއްދުމާއި ދަރިވަރުންނާ އެ ސުވާލުކޮށް ބޭނުންކުރާގޮތުގެ މައްޗަށެވެ. ހަމަ މިބީދައިން “ދަ ރޯލް އޮފް ކުއެސްޗިއަނިން އިން ދަ ކްލާސްރޫމް” މި ސުރުޚީއަށް، ގިރްނޭ އެމެރިކަން ޔުނިވަސިޓީއިން، މެހެމެތް އަރްސްލޭން، 2006 ވަނަ އަހަރު ކޮށްފައިވާ ދިރާސާގައި ބުނާގޮތުގައި ސުވާލުގެ ބާރުވެރިކަން ގުޅިފައިވަނީ ކުލާހުގެ ޝައުޤު އުފެއްދުމާއި ދަރިވަރުން ބައިވެރިކުރުމުގެ މައްޗަށެވެ. އެހެންކަމުން މުދައްރިސުން އަބަދުވެސް ހަނދާންކުރަންޖެހޭ އެއްކަމަކީ ދަރިވަރުންނާ ސުވާލުކޮށް ބައިވެރިކުރުން އިތުރުކުރަންޖެހޭކަމެވެ.

މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން 4ވަނަފަހަރު ޗާޕުކޮށް 1988މ ގައި ނެރެފައިވާ ފޮތް “ކިޔަވައިދިނުމުގެ ހުނަރު”ގައި ޢަބްދުލްޙަމީދު ޢަބްދުލްޙަކީމް ލިޔުއްވާގޮތުގައި ސުވާލުކުރުމަކީ ކާމިޔާބު މުދައްރިސަކު ކިޔަވައިދޭން ވާހަކަދައްކާނަމަ އެ ވާހަކައިގެ ތިންބައިކުޅަ އެއްބަޔަކީ ކުދިންނާ ކުރާ ސުވާލެވެ. އޭނާގެ ފޮތުންނާއި އެހެންވެސް ގިނަ ފޮތްތަކުން އެނގޭގޮތުގައި ސުވާލުކުރުމުގައި މައިގަނޑު 6 ކަމަކަށް ބަލަންޖެހޭނެއެވެ. އެއީ:

  • ސުވާލުގެ މަޤްޞަދު
  • ސުވާލުގެ ފެންވަރު
  • ސުވާލުގެ ޢިބާރާތް ބަހައްޓާނޭގޮތް
  • ދަރިވަރުންގެ މެދުގައި ސުވާލު ބަހައިލާނޭގޮތް
  • ޖަވާބު ހޯދުމަށް ހިތްވަރުދިނުމަށް ބަސްލައިދިނުން
  • އަދި ސުވާލުން ޖަވާބު ތިލަކުރުން އެވެ.

މުދައްރިސަކު ކުލާސްތެރޭގައި ދަރިވަރުންނާ ސުވާލުކުރަންޖެހޭނޭކަމަށް ގިނަ ދިރާސާތަކުގައި ލިޔެފައި ހުރި މުހިންމު މަޤްޞަދުތައް މިވަނީއެވެ. އެއީ:

  • ދަރިވަރުންނާ އޮންނަ ގުޅުން އިތުރުކުރުން
  • ދުވަހުގެ ފިލާވަޅަށް ކުދިންގެ ސަމާލުކަން ހޯދުން
  • ކުލާހުގައި މަސައްކަތެއް ޙަވާލުކުރުމަށް
  • ކުރީ ދުވަހުގެ ފިލާވަޅު ހަނދާނަށް ގެނައުމަށް ފުރުސަތުދިނުމަށް
  • ދަރިވަރުންނަށް އެނގޭ އެއްޗެއް އިތުރަށް ހޯދުމަށް
  • ފިލާވަޅުތަކުންނާއި ދުވަހުގެ ޙަރަކާތްތަކުން އެނގުނު މިންވަރު ދެނެގަތުމަށް
  • ދަރިވަރުންގެ ބައިވެރިކުރުން އިތުރުކޮށް އެ ދަރިންގެ ޝުޢޫރު ހޯދުމަށް
  • ފެންވަރު ވަޒަންކުރުމަށް

(ނުނިމޭ)


މުދައްރިސް
(c) 2021